މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އޮފިސަރ (އިދާރީ މަސައްކަތް)

އިޢުލާނު

 

މަޤާމު:

ވޭޖް އޮފިސަރ (އިދާރީ މަސައްކަތް)

ބޭނުންވާ އަދަދު:

3

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

6 މަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

  • އަސާސީ މުސާރަ މަހަކު -/4465ރ
  • ސަރވިސް އެލަވެންސް މަހަކު -/1500ރ
  • މިނިމަމް ވޭޖް އެލެވަންސް -/1350ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލުން އަޕްޑޭޓް ކޮށް ބަލަހައްޓަން ޖެހޭ ޕޯޓަލްތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  • ކައުންސިލުން ބަލަހައްޓަންޖެހޭ ދަފްތަރުތައް އަޕްޑޭޓްކުރުން.
  • ކައުންސިލުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.
  • ރަށުގެ ހުރިހާ ގޭބިސީއެއްގެ ރަޖިސްޓްރީ ހޯދާ އާކައިވް ކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ އިމްތިހާނަކުން މަދުވެގެން 1 މާއްދާއިން "ޑީ" ފާސް ލިބިފައިވުމާއިއެކު، ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުން. އަދި މައިކްރޯސޮފްޓް 365 ބޭނުންކުރަން އެނގުން.

ނުވަތަ

މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި މައިކްރޯސޮފްޓް 365 ބޭނުންކުރަން އެނގުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5%

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

 

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނި ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ 60% އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮގަސްޓް 16 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިމްތިޙާނާއި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޮގަސްޓް 17 އާ 2023 އޮގަސްޓް 24 އާއި ދެމެދު، އަލިފުށީ ކައުންސިލްގެ އިދާރާ ގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580021 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 އޮގަސްޓް 2023
ހޯދާ