މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓަންޓް ކައުންސިލް އޮފިސަރ

އިޢުލާނު

                                                    

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (މިވަޒީފާއަކީ ސިވިލް ސާރވިސް ވަޒީފާއެއް ނޫނެވެ.)

މަޤާމުގެ ރޭންކު:

ޖީ،އެސް، 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާއަށް ނަގާ މުއްދަތު

01 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ / ކ. ގުރައިދޫ

މުސާރަ:

-/4465ރުފިޔާ

ސަރވިސް އެލަވަންސް:  

-/1500ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4- ސިވިލް  ސަރވިސް  މުވައްޒަފުންނަށް  ހަމަޖެހިފައިވާ  އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި  ލިބިލައްވާ -/700ރުފިޔާ (މަހަކު)

5- ސިވިލް ސާރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ގޮތުގައި ލިބިލައްވާ -/1100 ރުފިޔާ (މަހަކު)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ރަށުގެ ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމުގެ މަސައްކަތް ކުރުމާއި ބިންބިމާއި ގުޅިގެން ކުރާ އެންމެހާ މުއާމަލާތްތަކާއި ގުޅޭ މަސައްކަތް ކުރުން. އަދި ބަނދަރާއި މަގުމަތީގައި ޤަވާއިދާއި ޚިލާފަށް މުދަލާއި ތަކެތި ބެހެއްޓުން ހުއްޓުވައި، އިޖްތިމާޢީ ގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުން.
  4. ރަށްވެހިކަމުގެ ޚިދުމަތްތައް ކައުންސިލުން ދިނުމުގައި ހަދަންޖެހޭ ހުއްދަތައް ހަދައި ދޫކުރުމާއި ރައްވެހިކަމާއި ގުޅިގެން ކައުންސިލުން ހަދާ ޤަވާއިދުތަކާއި އުސޫލްތައް ހެދުމުގައި އިދާރީ ގޮތުން މަސައްކަތްކޮށް އެހީތެރިވެ ދިނުން. އަދި އެޤަވާޢިދު ތަކާއި އުޞޫލުތައް ތަންފީޒްކޮށް ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރުން.
  5. ކައުންސިލުން ކަނޑައަޅާ އެކިއެކި ކަންކަމާއި ގުޅިގެން ހިންގަންޖެހޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޕޯރސަލްތައް ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓްތަކަށް ޕްރޮޕޯރސަލް ތައްޔާރުކޮށް ކަމާއި ގުޅޭ ފަރާތްތަކަށް ފޮނުވައި އެކަންކަމަށް ފަންޑް ހޯދުމަށް މަސައްކަތް ކުރުން.
  6. ރަށުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގަމުންގެންދާ އެންމެހާ ޕްރޮޖެކްޓް ތަކުގެ މަޢުލޫމާތު އެއްކޮށް، އެކަންކަން މޮނިޓަރކޮށް ބަލަހައްޓައި އެކަމަކާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް އެއްބާރުލުންދީ އަދި އެކަންކަމާއި ގުޅިގެން ކައުންސިލުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  7. ގ ރަށުގެ ތަރައްޤީއަށް ކައުންސިލް އިދާރާ މެދުވެރިކޮށް ހިންގާއެކިއެކި ޕްރޮޖެކްޓްތަކާއި ކައުންސިލް އިދާރާއިން ރާވާ ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގުމާއި މި ޕްރޮޖެކްޓަކުގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ބީއޯކިއު ހަދައި އެތަކެތި ޕްރޮކިއުމަންޓް ސެކްޝަން މެދުވެރިކޮށް ހޯދުމާއި މަސައްކަތުގެ ރިޕޯޓްތައް ހަދާ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން.
  8. ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓް ތަކާއި ގުޅިގެން ކުރަންޖެހޭ ކުރެހުންތަކާއި އެއްގޮތަށް އެކަމެއް ކުރުމަށްދާނެ ޚަރަދު ތަކުގެ މަށްޗަށް ބަލައި ތައްޔާރުކުރަންޖެހޭ ޑިޒައިން ޑްރޯވިން އަދި ބިލް އޮފް ކްއެންޓިޓީ ތައް ތައްޔާރުކޮށް ހެދުން.
  9. ޔުނިޓަށް ލިބޭ ސިޓީ މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. އަދި ކައުންސިލް އިދާރާގެ އެކްޝާން ޕްލޭނާއި އެސްއޯޕީތަކާއި އެއްގޮތަށް މަސައްކަތްކުރުން.
  10. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.
  11. ރަށުގެ އިޤްތިޞާދީ އަދި ތަރައްޤީގެ ޕްރޮޖެކްޓްތަކާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން
  12. ޕީ އެސް އައިޕީގެ ހިމަނައިގެން ރަށުގެ ތަރައްޤީއަށް އެކުލަވާލަންޖެހޭ ޕްރޮޖެކްޓްތަކުގެ ޕްލޭނާއި ބީ.އޯކިއު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތަށް ހުށަހެޅުމާއި، އަދި އެފަދަ ޕްރޮގްރާމްތައް ތަންފިޒް ކުރުމާއި މޮނިޓަރ ކުރުމާއި ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން
  13. ރަށުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބްރޭންޑް ކުރުމަށްޓަކައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުން
  14. ރަށުގެ އެންމެހާ ޗާޓުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، ފޫޓް އަޅަންޖެހޭ ތަންތަނާއި ބިންތަކުގައި ފޫޓް އެޅައި، މިންތަކާއި އެއްގޮތަށް ރަށުގެ ޗާޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވައި، ބެލެހެއްޓުމާއި ރަށުގެ އެންމެހާ ބިންތަކުގެ ދަފްތަރު އެކުލަވާލާ، އެކަމާއި ގުޅުންހުރި އެންމެހާއިކަންކަންކުރުމާއި ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ބިމުގެ ދަފްތަރުގެ މަޢުލޫމާތު ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ފޮނުވާ އަދާހަމަކޮށް ބެލެހެއްޓުން.
  15. ލޯކަލް ގެސްޓްހައުސްއެއް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެދުމާއެކު ކައުންސިލްގެ މަޝްވަރާގެ މަތީން ކައުންސިލުން އިޢްތިރާޟް ނުކުރާކަމުގެ ލިޔުން ދޫކުރުމަށްފަހު ނިންމަމުންދާ ގެސްޓްހައުސްތައް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަޑައަޅާ އަންގަވާ ގޮތެއްގެމަތީން  އިންސްޕެކްޓްކޮށް، ކަމާގުޅޭ ރިޕޯޓްހަދާ މިނިސްޓްރީ އަށް ފޮނުވާ، ރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ދަފްތަރު ޤަވަޢިދުން ބަލަހައްޓާ ޤަވާޢިދާ ޚިލާފަށް އެއްވެސް ގެސްޓްހައުސްއެއް ހިންގަމުން ދޭތޯ ބަލާ މޮނީޓަރ ކުރަމުން ގެންދިޔުމާއެކު އެފަދަ ތަނެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ކައުންސިލާ ސެކެޓްރީޖެނެރަލްއަށް އިންފޯމްކުރުން.
  16. ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތުގައި ކައުންސިލުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުން
  17. ރަށުގައި ހިންގާ ވިޔަފާރިތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން 3 މަހުން 3 މަހުން ރަށުތެރެއަށް ނިކުމެ އެ ވިޔަފާރިއެއް ކުރަނީ ކަމާގުޅުން ހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެންތޯ ބެލުމާއި، ޤަވާޢިދާ ޚިލާފަށް ވިޔަފާރިއެއް ކުރާނަމަ، އެފަރާތްތަކަށް އެކަން އެންގުމާއެކު ކައުންސިލްގެ ސަމާލްކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ، ކަމާގުޅުންހުރި އިދާރާތަކަށް އަންގަމުން ގެންދިޔުން.
  18. ވިޔަފާރި އުޞޫލުން ބިމެއް ހޯދުމަށް އެދޭ ފަރާތްތަކުން ހުށަހަށާ މައްސަލަތައް ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައި ބިމާއި ބެހޭގޮތުން ކައުންސިލުން ނިންމާ ނިންމުމާއި އެއްގޮތަށް ބިން އެއްވެސް ފަރާތަކަށް ދޫކުރުމަށް ނިންމާފިނަމަ ބިމުގެ ޗާޓެއް ކުރަހާ ކައުންސިލާ ޙިއްސާކޮށް އަތޮޅުކައުންސިލް މެދުވެރިކޮށް އެކަމުގެ ހުއްދަހޯދައި އެ ހުއްދަ ލިބުމުން އެއްބަސްވުމެއް ތައްޔާރުކޮށް ދެފަރާތުން ސޮއިކޮށް ވިޔަފާރި އުސޫލުން ދޫކުރެވިފައިވާ ބިމެއްނަމަ އެބިމަކަށް ކަނޑައެޅިފައިވާ ކުލި ނެގުމަށް ބަޖެޓް ސެކްޝަނަށް އަންގާ، ޤަވަޢިދުތަކާއި އެއްގޮތަށް އެބިން ބަލަހައްޓަމުން ގެންދިޔުން.
  19. ރަށުގައި ހިންގާ އެންމެހައި ގާޑިޔަލުގެ ވިޔަފާރިތަކުގެ އެގްރިމެންޓްތައްހަދައި ބިންދޫކުރުމާއި ޤަވާއިދުގެ ތެރެއިން މިވިޔަފާރިތައް ކުރިއަށް ދޭތޯ ބަލާ ޗެކްކުރުން
  20. ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ ޤަވާޢިދުތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  21. ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެކިއެކި ދާއިރާތަކުން މީހުން ތަމްރީންކުރުމާއި، މިފަދަ ތަމްރީންތަކާއި ގުޅޭ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  22. ރަށުގެ ގެސްޓްހައުސްތައް ޓޫރިޒަމް މިނިސްޓްރީއިން އަންގާ ގޮތުގެ މަތިން އިންސްޕެކްޓްކުރުމާއި، ރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ޤާނޫނާއި ޤާވާޢިދާއި އެއްގޮތްވާގޮތުގެމަތިން އެފަދަ އެންމެހައި ތަންތަނުގެ ލިޔެކިޔުންތަކައި ރެކޯޑުތައް ބެލެހެއްޓުމާއި، ދޫކުރަންޖެހޭ އެންމެހާއި ލިޔުންތަށް ދޫކުރުން
  23. ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ ޤަވާޢިދުތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

1 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. ނުވަތަ،

 

2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. 

މަސައްކަތުގެ ދާއިރާ:

 

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ތަޢުލީމީ ރޮނގު:  ނެތް

ޕްރިފަރޑް ޑިސިޕްލިމް:  ނެތް

ކޯ ޑިސިޕްލިން:  ނެތް 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން ދާއިރާ

މެނޭޖްމެންޓް ދާއިރާ

5%

އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް  އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 16 އޮގަސްޓް 2023 އާއި 24 އޮގަސްޓް 2023 އާއި ދެމެދު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ.

 

19  މުޙައްރަމް  1445

06  އޯގަސްޓް  2023

06 އޮގަސްޓް 2023
ހޯދާ