މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑެޓް ސަސްޓެއިނެބިލިޓީ އެނަލައިސިސް ކޮންސަލްޓެންޓް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

ޕްރޮޖެކްޓް އައި.ޑީ: P145317

ޑެޓް ސަސްޓެއިނެބިލިޓީ އެނަލައިސިސް ކޮންސަލްޓެންޓް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުންގެ ދަށުން ޑެޓް ސަސްޓެއިނެބިލިޓީ އެނަލައިސިސް ކޮންސަލްޓެންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ހަރުދަނާ މެކްރޯ- ފިސްކަލް ފްރޭމްވޯކެއް ޤާއިމުކުރުމާއި ދައުލަތުގެ ދަރަނި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް އަދި ދުވާލަކަށް ހުށަހަޅާ އުޖޫރަ އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް، ޖުލައި 2014ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިޕްރޮޖެކްޓުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 3 ހަފުތާ ރާއްޖޭގައި އަދި 3 ހަފުތާ އަމިއްލަ ޤައުމުގައި ކުރެވޭގޮތަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތް މާރިޗު 2015ގައި މަސައްކަތް ފަށަންވާނެއެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މުޙައްމަދު ޔާމިން

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349398 ، 33491266

ފެކްސް: 3320706 ، 3324432

އީމެއިލް:[email protected]

[email protected]

12 ފެބުރުވަރީ 2015
ހޯދާ