މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫ މަސްޖިދުއް ތައުޙީދު މިސްކިތުގެ ވަށައިގެން ހަދަފައިވާ ސިޑިތައް މަރަމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލެއަތޮޅު ކާށިދޫ މަސްޖިދުއް ތައުޙީދު މިސްކިތުގެ ވަށައިގެން ހަދާފައިވާ ސިޑިތައް މަރާމަތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން ބީލަން ހުށައެޅުއްވުމަށް އެދެމެވެ.

މައުލޫމާތު ސާފުކުރުން

2023  އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގައި.

ބީލަން ހުށަހެޅުން

2023  އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގައި.

 

 

މާކްސް ދެވޭނެގޮތް:

  1. މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ 85 (އަށްޑިހަ ފަހެއް) ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
  2. މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ 15 (ފަނަރަ) ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މަސްޖިދުއް ތައުޙީދު މިސްކިތުގެ ވަށައިގެން ހަދަފައިވާ ސިޑިތައް މަރަމާތު ކުރުން" މިހެން ލިޔެފައި އަދި ކުންފުނި / ވިޔަފާރީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2023
ހޯދާ