މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)               

ރޭންކް: ޖީއެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕޭމަންޓް އެންޑް ރެވެނިއު ސެކްޝަން، ފައިނޭންސް ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަތުމާއި، ކަމާބެހޭ މުވައްޒަފުންނަށް އެ ލިޔުންތައް ދުވަހުން ދުވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރުން.
  2. ސެކްޝަނުގެ މުވައްޒަފުންނަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުންދޭތޯއާއި، އޮފީހުގެ ތެރޭގައި މުވައްޒަފުންގެ އަޚުލާޤީ މިންގަޑު ވަޒަންކުރުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ލިޔުމުން އެންގުމުގެ މަސައްކަތް ކުރުން.
  3. މުވައްޒަފުންނާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަން ކުރުން.
  4. ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތުގެ ހުނަރާއި ޤާބިލުކަން ހޯދުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތީން  ޓްރޭނިންގ ދިނުމަށްޓަކައި ހިޔުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުން.
  5. ސެކްޝަނުގެ މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުކޮށް، އެ ރިޕޯޓް ހިޔުމަންރިސޯސް ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  6. ސެކްޝަނުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، ޔައުމިއްޔާ ލިޔުމާއި، އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  7. ސެކްޝަނުގެ، ގުދަން ކުރަންޖެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި، އެ ލިޔުންތަކާބެހޭ ރެކޯޑް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި، އެ ލިޔުންތައް ރައްކާކުރެވޭ ގުދަނުގެ ހުރިހާ ކަމެއް ކުރުން.
  8. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެންނެވުންތަކުގައިވާ މުހިންމު މަޢުލޫމާތާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސާރކިޔުލަރތަކާއި، މުދަލާއި ފައިސާއާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތައް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  9. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް، ނިމޭއަހަރުގެ މަޢުލޫމާތު، ހިނގާއަހަރުގެ ޖަނަވަރީ 5 ގެ ކުރީން، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  10. މިނިސްޓްރީގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓް ކުރަންޖެހޭ ފަރާތްތަކުން އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
  11. މިނޫނަސް، އޮފީހުގެ އިސްވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުން.

ޝަރުޠު:                         

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 ފެބުރުވަރީމަހާއި މާރިޗުމަހާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓު www.moe.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341418 ފޯނަށް ގުޅުން އެދެމެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ