ފެމިލީ ކޯޓް
ދިވެހިރާއްޖެ
ވެބްސައިޓް މެއިންޓެއިންކޮށްދޭނޭ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓުގެ ވެބްސައިޓަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، 01 (އެކެއް) އަހަރު ދުވަހަށް ވެބްސައިޓް މެއިންޓެއިންކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ފެބުރުވަރީ 22 ވަނަ ދުވަހުގެ 11:00އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

22 ރަބީޢުލްއާޚިރު 1436  

12 ފެބުރުވަރީ 2015
ހޯދާ