ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ރޭންކް: އެސްއެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 1

ޑިވިޜަން: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ: މަހަކު -/4500 ރުފިޔާ

ސަރވިސް އެލަވަންސް: -

ލިވިންގ އެލަވަންސް:  -

އެހެނިހެން އެލަވަންސް: -

އޯވަރޓައިމް އެލަވަންސް: -

ބޭނުންވާ އަދަދު: 1 (އެކެއް)     

ތަޢުލީމާއި ތަޖުރިބާ:          

- އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު، މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.

- ގިނަވަގުތު މަސައްކަތްކުރެވޭ މީހަކަށްވުމާއި، ސިއްޙީގޮތުން މިފަދަ މަސައްކަތް ކުރެވޭނެ ޞިއްޙަތެއް ހުރި މީހެއްކަމުގައިވުން.     

މަޤާމުގެ މަސްއޫލިއްޔަތު:

1. ރަތަފަންދޫގައިވާ ޤަބުރުސްތާނުތައް ސާފުކޮށް ބެލެހެއްޓުން.

2. ރަތަފަންދޫ ގޮނޑަށް އުކައިލެވޭ ކުނިތައް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މެނޭޖުކޮށްގެން ބެލެހެއްޓުމާއި، އަންދާލަންޖެހޭ ކުނި، ޢާއްމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން އެންދުމާއެކު، ޤަވާޢިދާ ޚިލާފަށް ގޮނޑަށް ކުނިއެޅުނަ ނުދިނުމާއި، ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓްކުރުމާއި، އެފަދަ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި، ތަން:  2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ސަރުކާރު / އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ( ކަނޑައެޅިފައިވާ އިންސައްތަ: %38)        

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- އިންޓަވިއުއަށް (ކަނޑައެޅިފައިވާ އިންސައްތަ: %54)

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 10 ވާ އަންގާރަ ދުވަހު، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840016 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 7929316 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު، ކައުންސިލުގެ ނާއިބްރައީސް މުޙައްމަދު ވަޖީހުގެ މޯބައިލް ފޯނު ނަންބަރު 7480707 އާ ގުޅުމުން ސާފުވާނެއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015
ހޯދާ