ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ ސްޓޯރ އަދި ގަރާޖު އިމާރާތްކުރުމުގެ މަސައްކަތާއި މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުން.

މި އިޢުލާނަކީ ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ ސްޓޯރ އަދި ގަރާޖު އިމާރާތްކުރުމުގެ މަސައްކަތާއި މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު އެނެކްސް 1 އަދި 2 ގައި ބަޔާންކޮށްފައިވާނެއެވެ.

 ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 6 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
  3. މި އިޢުލާނަށް ރަޖިސްޓަރ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ފޮނުއްވާ އީ-މެއިލްތަކުގެ ސަބްޖެކްޓް ގައި އިޢުލާނު ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.
  4. ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 03 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 6 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 16 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ފޮނުއްވާ ދެއްވުންއެދެމެވެ.
  6. މަޢުލޫމާތު ކަރުދާހާއެކު މި އިޢުލާނާއިގުޅޭ މަޢުލޫމާތުތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  7. ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
  8. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
  • ތާރީޚް: 20 އޮގަސްޓް 2023 (އާދިއްތަ ދުވަސް)
  • ގަޑި: 11:00 ގައި
06 އޮގަސްޓް 2023
ހޯދާ