އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކައުންސިލް އިދާރާ އާއި ނޭޗަރ ޕާރކުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

 

ކައުންސިލް އިދާރާ އާއި ނޭޗަރ ޕާރކުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ.

 

ކައުންސިލް އިދާރާ އާއި ނޭޗަރ ޕާކުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަމުގެ ތަފްޞީލް

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި :  19އޯގަސްޓް 2023 ވާ ހޮނިހިރު ދުވަހު  10:00 ގައި

ނީލަން ކިޔަން ހަމަޖެހިފައިވާތަން :  އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރެ

ނީލަމުގެ ތަކެތި ދައްކާލުން: 16 އޯގަސްޓް އިން 17 އޯގަސްޓް   2023 ( 8:00 އިން 13:00 އަށް)

ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު ދުވަހު ނީލަމުގައި

 

       

 

 

 

 

 

 

މި އިޢުލާނާއިއެކު ނީލަމު ގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައި ވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދުރުވުމަށް ދެންނެވީމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ވަނީ ލޮޓުތަކަކަށް ބަހާލެވިފައެވެ. ނީލަން ކިޔޭނީ މިއިން ކޮންމެ ލޮޓެއް އެއްކޮށެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުންނަ ތަކެތި  ދެވަނަ  ފަހަރަށް ނީލަމަށް ލެވޭނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2023 އޯގަސްޓް 19 ވާ ހޮނިހިރު ހެނދުނު 10:00 ގައި، ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން ޢާންމު ކޮށް އަންގާ އިޢުލާން ކުރަމަވެ.

19 މުޙައްރަމް 1445

 06އޯގަސްޓް  2023

06 އޮގަސްޓް 2023
ހޯދާ