ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 10" (2019 - 2022) ބާއްވާ ތާރީޚް ފަސްކުރުން

މިސެންޓަރުން އިންތިޒާމްކޮށްގެން 05 އޯގަސްޓް 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 10 ވަނީ ފަސްކުރެވިފައެވެ. އަދި ދިވެހި ފިލްމު އެވޯޑްސް ބޭއްވޭނެ ތާރީޚެއް ފަހުން އިޢުލާންކުރެވޭނެއެވެ.

މިހާރު ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިސެންޓަރުން ވަމުންދާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 އޮގަސްޓް 2023
ހޯދާ