މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑުރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު

އިޢުލާން

 

     މި ކައުންސިލުންގެ ޑުރައިވަރުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ، ވަޒީފާ ހުސްވުން) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ  ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

 

މަޤާމް :

  ޑުރައިވަރ (ޕޫލް)

ބޭނުންވާ ޢަދަދު :

02 (18 އަހަރު ފުރި 55 އަހަރު ފުރިފައިނުވުން)

މަޤާމުގެ ބާވަތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

  މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

 މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް 32.25 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

އެއްގަމު އުޅަނދުގެ ލައިސަންސްގެ ކަޓަގަރީތަކުގެ ތެރެއިން "C4 ކެޓަގަރީ" ލައިސަންސް އޮތުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެގައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ވެހިކަލްތައް ދުއްވާ، ކަނޑައެޅިފައިވާ ގޮތަށް ދަތުރުތައް ކުރުން.
  4. ކ.ތުލުސްދޫ ކައުންސިލްގެ އިދާރާގެ ވެހިކަލްތަކުގެ ތެރެއިން މުވައްޒަފު ބެލެހެއްޓުމަށް ހަވާލުކުރެވޭ ވެހިކަލްތައް ދޮވެ ސާފުކުރުން.
  5. މުވައްޒަފާއި ހަވާލުކުރެވޭ ވެހިކަލްތަކުގައި ކުރަންޖެހޭ މަރާމާތުތައް ބަލައި ސުޕަރވައިޒަރަށް އެންގުން.
  6. އިދާރާއިން ޙަވާލުކުރެވޭ ދަތުރުތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން.
  7. ވެހިކަލްތަކަށް އަޅަންޖެހޭ ފިއުލް/ފެން އެޅުމާއި ޢާއްމުކޮށް ބަލަންޖެހޭ މިފަދަ ކަންތައްތައް ޤަވާއިދުން ބަލާ ޗެކްކުރުން.
  8. ހަވާލުކުރެވިފައިވާ ވެހިކަލްތަކުގެ ލޮގް ޤަވާޢިދުން ލިޔެ ބެލެހެއްޓުން.
  9. ހަވާލުކުރެވިފައިވާ ވެހިކަލް ތަކުގެ ރޯޑްވާދިނަސް އަހަރީ ސްޓިކާ ފަދަ ތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  10. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.
  11. ކައުންސިލުން އިންތިޒާމްކުރާ އިވެންޓްތަކަށް ތަންތަން ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވުން.
  12. ކައުންސިލްގެ ބެލުމުގެދަށުގައިވާ އިމާރާތްތައް ސުޕަވައިޒްކޮށް ކައުންސިލަށް ރިޕޯޓުކުރުން.
  13. މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތަކާއި އެހެނިހެން ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  14. ކައުންސިލުން ހިންގާ ޕްރޮޖެކްތައް ސްޕަވައިޒްކޮށް ކައުންސިލަށް ރިޕޯޓްކުރުމުން ގެންދިޔުން.
  15. މަސައްކަތްތަކުގައި ބޭނުންކުރާ މެނިޝިނަރީސް އޮޕަރޭޓުކޮށް ބެލެހެއްޓުން.

ހުށައަޅަންޖެހޭ ލިޔުންތައް

  1. ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6640183  އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ

03 އޮގަސްޓް 2023
ހޯދާ