މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު - މިރަށުގައި ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

 

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު - މިރަށުގައި ސްލިޕްވޭ ހަދާ ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

             އޮޑި ދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ފަސޭހަ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މިރަށުގައި ސްލިޕްވޭއެއް ހެދުމަށް 35 އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.  އެގޮތުން ސްލިޕްވޭ އެޅުމަށް މިހާރު ހުރި ބިމުން 118130 އަކަފޫޓު ގެ ސަރަޙައްދެއް ވަނީ ކަނޑައެޅިފައެވެ. އަދި 452676 އަކަފޫޓުގެ ގެ ބިމެއް މޫދުން ހިއްކެންއޮތްކަން ފާހަގަކޮށްލަމެވެ. އަދި މިބިން ހިއްކަން ބޭނުންނަމަ ހިއްކާނީ ޕްރޮޖެކްޓް ލިބޭ ފަރާތުންނެވެ. ހިއްކާ ބިމަށް ކުލި ހިނގާނީ ބިން ހިއްކާނިމި ބޭނުންކުރަންފަށާތާ 2 އަހަރުދުވަސްވުމަށްފަހުއެވެ. ބިމުކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 5 ލާރި އެވެ. އަދި 5 އަހަރުން 5 އަހަރުން ބިމުކުލީގެ ރޭޓަށް އަކަފޫޓަކަށް 10 ލާރި އިތުރުވާނެއެވެ.  މިދެންނެވުނުގޮތަށް ސްލިޕްވޭ އެޅުމަށް ކައުންސިލުން ނިންމާފައިވާ ސަރަޙައްދާއި ހިއްކެން އޮތް ސަރަޙައްދުގެ ޗާޓެއް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

             މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލް އިދާރާގައި  އެކަމަށް އެދި ނަން ނޯޓްކުރެއްވުން އެދެމެވެ. ބައްދަލުވުން ބާއްވާނެ ތާރީޚާއި، ތަނާއި އަދި ގަޑި، ނަންނޯޓް ކުރައްވާފަރާތްތަކަށް ފަހުން އެންގޭނެއެވެ. އަދި  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

             ވީމާ، ރ.އިނގުރައިދޫގައި ސްލިޕްވޭ ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލް އެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

             ފޯނު ނަންބަރު: 6580028

             އީ-މެއިލް: [email protected]

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

03 އޮގަސްޓް 2023
ހޯދާ