ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީ ރައްޔިތުންގެ ހިޔާވަހި މަރާމާތުކުރުން

ތ.ދިޔަމިގިލީގައިހުރި ރައްޔިތުންގެ "ހިޔާވަހި" (ޕޮލިހުންތިބޭ ޢިމާރާތު) ގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

  1. 28 އަކަފޫޓް ފާރުތެޅުން (ދެކޮޓަރިދެމެދު ފާރުން ދޮރެއްކެނޑުން) '6×'4 ގެ
  2. ކަނޑާލި ދޮރުގެ ދާރަހަދައި ރީތިކުރުން
  3. 200 އަކަފޫޓު ރޭނުން '1×"6×"4 ސައިޒުގެ ގަލުން
  4. 400 އަކަފޫޓު ސިމެންތިޖެހުން (ރޭނިފަރުގައި ސިމެންތިޖެހުން)
  5. 100 އަކަފޫޓު ފަރުގައިޖަހާފައިހުރި އުވަ ކޮށާލުމަށްފަހު އަލުން ސިމެންތިޖެހުން
  6. 217 އަކަފޫޓު ތަޅުންގަނޑު ތަޅާލައި ލެވެލްކުރުމަށްފަހު އަލުން ތަޅުން އެޅުން
  7. 340 އަކަފޫޓު މުށި ޖެހުން ( 1 ކޮޓަރި، ފެންޑާ )
  8. 10 ފޫޓު ރެނދުބެއްދުން (ފާރުގައިހުރި ރެނދުބެއްދުން)
  9. އިންފާރުގައިހުރި ބައުތައް ބެއްދުން

            ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދޭނެއަގަކާއި އަދި ތަކެތީގެ އަގު ވަކިން އެނގޭގޮތަށް 2023 އޮގަސްޓް 15ވާ އަންގާރަދުވަހު 14:00ގެކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 އޮގަސްޓް 2023
ހޯދާ