މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ ގަބުރުސްތާނު ވިނަތައް ނޮޅާ ބިން ސާފުކޮށްދޭނެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

  (IUL)321-A/321/2023/177 :ނަންބަރު

އިޢުލާން

ބ. ތުޅާދޫ ގަބުރުސްތާނު ވިނަތައް ނޮޅާ ބިން ސާފުކޮށްދޭނެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބ. ތުޅާދޫ ގަބުރުސްތާނުގައި ބޯވެފައިވާ ވިނަތައް ނޮޅުމަށްފަހު އެބިން ކުނިކަހައި ސާފުކޮށް ކައުންސިލުން އަންގާ ތަނަކަށް ކުނިތައް ގެންދިޔުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ. ތުޅާދޫ ގަބުރުސްތާނު ވިނަތައް ނޮޅާ ބިން ސާފުކޮށްދޭނެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 އޯގަސްޓް 06 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ. ތުޅާދޫ ގަބުރުސްތާނު ވިނަތައް ނޮޅާ ބިން ސާފުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 އޯގަސްޓް 06 ވާ އާދިއްތަ ދުވަހުގެ 10:00 ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

15  މުޙައްރަމް  1445

02 އޮގަސްޓް 2023
ހޯދާ