ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްހޯދުން.

 

އިޢުލާން

 

ރުއްގަހުގެ ވެރިފަރާތްހޯދުން:

 

     ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި ކޮށްފައިވާ ޢިމާރާތްތަކުގެ ދެކުނުން މަގެއް ކެނޑުމަށް ބޭނުންވާތީ، ނެގުމަށް ބޭނުންވާ ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްޓަކައި އެރުއްގަހުގައި ރަތް ކުލައިން 01 ން ފެށިގެން 145 އާއި ހަމައަށް ނަންބަރު ޖަހާފައިވާނެއެވެ.

ވީމާ އެ ރުއްގަހުގެ ވެރިން 10  އޯގަސްޓް 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި ރުއްގަސްފިޔަވައި ސަރަހައްދުގައި ހުރި އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަންގަވައި، ތަންހުސްކުރުމަށް އަންގަމެވެ.

01 އޮގަސްޓް 2023
ހޯދާ