މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ވިލިމާލޭ އިޖްތިމާޢީ ޙިދުމަތްދޭ މަރުކަޒު ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

ވިލިމާލޭ އިޖްތިމާޢީ ޙިދުމަތްދޭ މަރުކަޒު ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. (ނީލަން ކިޔަން ހަމަޖެހިފައިވާތަން : (  ވިލިމާލެ އިޖުތިމާޢީ ޙިދުމަތްދޭ މަރުކަޒު
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 07 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ވަޑައިގަތުން އެދެމެވެ.
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3027283

މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، 07 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ނީލަމްގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

 

15 މުޙައްރަމް 1445 ހ

01 އޯގަސްޓް  2023 މ

01 އޮގަސްޓް 2023
ހޯދާ