ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕިކަޕްއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ރަށު ޕިކަޕްއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

                     މިކައުންސިލް އިދާރާއަށް ބޭނުންވާ 1 ރަށު ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                     މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވާ މިއިދާރާއަށް މެއިލްކުރެއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

 

                     އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "1 ރަށުޕިކަޕް ސަޕްލައިކޮށްދިނުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރޭޝަން

2-8 އޯގަސްޓް 2023

ބުދަ، އަންގާރަ

8:00 – 14:00

އީމެއިލް މެދުވެރިކޮށް

މަޢުލޫމާތު ދިނުން

8 އޯގަސްޓް 2023

އަންގާރަ

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

ބިޑް ހުށަހެޅުން

10 އޯގަސްޓް 2023

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

 

  1. މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ އަށްޑިހަ ޕަސެންޓެވެ.
  2. މަސައްކަތު ނިންމަން ހުށަހަޅާ މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ.
  3. ވޮރަންޓީ މުއްދަތު: ހުށަހަޅާ އެންމެ ދިގު މުއްދަތެއް ނުވަތަ ގިނަ ދުވަސްތަކަށް ލިބޭނީ ދިހަ ޕަސެންޓެވެ.

 

                   ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

01 އޮގަސްޓް 2023
ހޯދާ