Secretariat of the Maduvvari Council, North Maalhosmadulu
Maldives
ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2023/06

މިމަސައްކަތަށް ބިޑް ހުށަހެޅުމަށް 2023 ޖުލައި 25 ވަނަ ދުވަހު ކުރި މިކައުންސިލްގެ ނަންބަރު 308/2023/35(IUL) އިޢުލާނުގައި އޮތް އިދާރީ ކުށެއް އިސްލާޙްކުރުމަށްޓަކައި އެއިޢުލާނު ބާޠިލުކޮށް، އަލުން އެކަމަށް ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

މިދަންނަވާ ބިންތައް 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.

#

ބިން އޮތް ސަރަޙައްދު

ބިމުގެ ނަން

އަވަށް

ކޮށީ ނަންބަރު

ތަރުތީބު ނަންބަރު

އަކަފޫޓް

1

އިރުމަތީ އަވަށު ނަރުދަމާ ޕަންޕް ސްޓޭޝަންގެ އިރުމަތިން އެއް އިންކޮށް

635

 

 

އިރުމަތި

ސީ - 10

635

1277.76

2

'ހިޖުރަ' ގޯތީގެ އުތުރުން އެއް އިންކޮށް

198

ސީ - 9

198

1200.00

3

'ސޯސަންމާ' ގޯތީގެ ދެކުނުން އެއް އިންކޮށް

674

ސީ - 9

674

1250.00

4

'ސްވީޓް ޑްރީމް' ގެ ދެކުނުން އެއް އިންކޮށް

203

ސީ - 8

203

1000.00

5

'ލޭކޮކާ' ގެ އުތުރުން އެއް އިންކޮށް

675

ސީ - 8

675

1000.00

އިތުރު މަޢުލޫމާތު

  1. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  2. ބިޑް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/1 (އެކެއް) ރުފިޔާއެވެ.
  3. ކޮންމެ 5 (ފަހެއް) އަހަރަކުން އަކަފޫޓަކަށް ކުއްޔަށް ނަގާ މިންވަރު 50 (ފަންސާސް) ލާރި އިތުރުކުރެވޭނެއެވެ.
  4. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން، 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންވާނެއެވެ.
  5. މި ބިންތަކަށް ބިޑް ހުށަހެޅޭނީ މިކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
  6. އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ކުލި ހިނގަން ފަށާނެއެވެ.
  7. މިބިންތަކުގައި ކުރެވޭނީ ސިމެންތި ގައުއެޅުމާއި ތަކެތި ގުދަންކުރުމާއި އެހެނިހެން ވިޔަފާރި (ތެލާއި ގޭހާއި މަސްކައްކާ ހިއްކުން ފިޔަވައި) ކުރުމުގެ މަސައްކަތެވެ.
  8. ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންވެއެވެ.
  9.  ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 6 (ހައެއް) މަސްދުވަސްތެރޭގައި ބިމުގައި ކުރަން ހުށަހަޅާ މަސައްކަތް ފަށަންވާނެއެވެ.
  10. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެކަށީގެންވާ ސަބަބެއް ނެތި ބިމުގައި މަސައްކަތްނުކޮށް 8 (އަށެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެނަމަ އެއްބަސްވުން ބާތިލުވާނެއެވެ.
  11. މިބިންތަކުގައި ކުރާ މަސައްކަތްތަކަށް އެހެން ފަރާތަކުން ނަގަންޖެހޭ ހުއްދައެއް އޮތްނަމަ އެހުއްދައެއް ހޯދުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
  12.  އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ އަހަރެއްގެ އިޖުތިމާޢީ ޒިންމާގެތެރެއިން އެކިއެކި ކަންކަމަށް ކުރި ޚަރަދުގެ ތަފްސީލު ފެށޭ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
  13. ބިންތައް އޮތް ސަރަޙައްދު އެނގޭނެ ޗާޓް މިއިޢުލާނުގައި ހިމެނިފައިވާނެއެވެ.

ރަޖިސްޓްރީކުރުން

2023 އޯގަސްޓް 16 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ދިގު މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ބިޑް ރަޖިސްޓްރީކުރާ ފޯމް (google.com) ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

-  ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %80

-  މާލީ ޤާބިލުކަން

-  އިޖުތިމާޢީ ޒިންމާގެތެރެއިން އަހަރަކު ޚަރަދުކުރާ މިންވަރު

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
  3. މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
  4. ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 August 2023
ހޯދާ