ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތް 2023

ލާމަސީލުލާމު ޤުރްއާން ކިޔެވުމުގެ އަތޮޅު މުބާރާތް 2023 އޮގަސްޓް 22 ން 25 ށް ލ. ފޮނަދޫ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތް ހުޅުވާލެވިފައި ވަނީ ދެ ބަޔަކަށެވެ. އެއީ ސުކޫލްތަކުގެ ބަޔާއި، އާންމު ބައެވެ. ސުކޫލްތަކުގެ ބައިގައި ކޮންމެ ސްކޫލަކުން ބައިވެރިވެވޭނީ ގިނަވެގެން ސައުވީސް ބައިވެރިންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނާ، ނުބަލާ ކިޔެވުމުގެ ގޮފީގައި ބާރަ ބައިވެރިންނެވެ. މުބާރާތުގެ އާންމު ބައި (ޤުރްއާން ކްލާސް، ޕްރީސްކޫލް، ކްލަބްޖަމްޢިއްޔާ، އާންމު ފަރުދުން) ގައި ބައިވެރި ވެވޭނީ ގޫގަލް ފޯމް ހުށަހަޅާ ތަރުތީބުން އައްޑިހަ ބައިވެރިންނެވެ. ޕްރީސުކޫލްތަކާ، ޤުރްއާން ކްލާސްތަކާ އަދި ކްލަބްޖަމްޢިއްޔާ ތަކުން ދެގޮފީގައި ގިނަވެގެން ބައިވެރި ކުރެވޭނީ ދިހަ ބައިވެރިންނެވެ.

ސްކޫލްތަކުގެ ބައިން އެއްވަނައަށް ހޮވޭ ދަރިވަރަށް އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ ހެޔޮ އެދުންތަކާއެކު ޢުމްރާ ދަތުރެއް އަދި އާންމު ބައިން އެއްވަނައަށް ހޮވޭ ބައިވެރިޔާއަށް އަލްޙިޖްރަ ޓްރެއިވަލްސް އެންޑް ޓްއަރސް ޕްރައިވެޓް ލިމިޓެޑްގެ ހެޔޮ އެދެންތަކާއެކު ޢުމްރާ ދަތުރެއް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮގަސްޓް 13 ވަނަ ދުވަހު 13:00 ގެ ކުރިން ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

30 ޖުލައި 2023
ހޯދާ