ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޖިމްޞަރަޙައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި 02 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތަކަށެވެ.

  • ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތަށް މަހަކު -/1700 (އެއްހާސް ހަތްސަތޭކަ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ.
  • ޙަވާލުކުރާނެ ފަރާތް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
  • ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.

 

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

  1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
  2. ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
  3. ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ.
31 ޖުލައި 2023
ހޯދާ