މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނޫމަރާ ހާބަރ އަޕްގްރޭޑް ޕްރޮޖެކްޓަށް އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން ބޭތިއްބުމަށް ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

އިޢުލާން

 

ށ.ނޫމަރާ ހާބަރ އަޕްގްރޭޑް ޕްރޮޖެކްޓަށް އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން ބޭތިއްބުމަށް ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

 

އެމްޓީސީގެ ފަރާތުން ކުރިއަށް ގެންދާ ށ.ޏުމަރާ ބަނދަރު އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވާތީވެ، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް އަންނަ މުވައްޒަފުންނާއި ސުޕަވައިޒަރުގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

                  ވީމާ، އެކޮމޮޑޭޝަން ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން/ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖުލައި 2023
ހޯދާ