ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާބެހޭ

މަސްޖިދުލްޢާއިޝާ ގޯތީގައިހުރި ދަނބުގަސް ކޮށާލައިގެން ނެގިފައިހުރި ދަރުތަކެއްގެ ނީލަންކިޔުން 09 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މަސްޖިދުލްޢާއިޝާގައި އޮންނާނެއެވެ.

ނީލަމުގެ ފައިސާ ބަލައިގަތުން އޮންނާނީ ނީލަން ނިމުމަށްފަހު އެ ދުވަހުގެ 14:00 އާއި ހަމައަށެވެ. އޭގެފަހުން ފައިސާ ބަލައިގަނެވޭނީ ބަންދުނޫން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށެވެ. ނީލަމުން ނަންގަވާ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކެވުމަށްފަހުކަމުގައި ދަންނަވަމެވެ. އަދި ކުރިން ނީލަމުން ތަކެތި ނަންގަވައި މިހާތަނަށް ފައިސާ ދައްކައިފައިނުވާ ފަރާތްތަކަށް މި ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ.

             13 މުޙައްރަމް 1445

              31 ޖުލައި 2023 

31 ޖުލައި 2023
ހޯދާ