ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް ސީރީޒް 2023 މުބާރާތުގައި އޮފިޝަލްކަން ކޮށްދެއްވާފަރާތްތަކަށް ސައިފޮދާއި ފަރިކޮޅު ހަމަޖެއްސުމާ ބެހޭ

އިޢުލާން 

މޯލްޑިވްސް އިންޓަރނޭޝަނަލް ސީރީޒް 2023 މުބާރާތުގައި އޮފިޝަލްކަން ކޮށްދެއްވާފަރާތްތަކަށް ސައިފޮދާއި ފަރިކޮޅު ހަމަޖެއްސުމާ ބެހޭ

 

 މޯލްޑިވްސް އިންޓަރނޭޝަނަލް ސީރީޒް 2023 މުބާރާތުގައި އޮފިޝަލްކަން ކޮށްދެއްވާ ފަރާތްތަކަށް މުބާރާތް ހިނގަމުންދާ ވަގުތުތަކުގައި ފަރިކޮޅާއި ސައިފޮދުގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަން ކޮށްދެއްވާ ފަރާތްތަކަށް ކުޅިވަރު އެކުވެނި ތެރެއިން ކެންޓީން ހެދުމަށް ޖާގަދެވޭނެއެވެ.

ވީމާ، މި މުބާރާތުގައި ޓެކްނިކަލް އޮފިޝަލުންގެ ފަރިކޮޅާއި ސައިފޮދު 3 އިރަށް ހަމަޖައްސައިދެވޭނެ ފަރާތްތަކުން 06 އޯގަސްޓް 2023 ވަނަ ދުވަހު 11:00 އަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ޙާޞިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އޯގަސްޓް 2023 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ޙިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

30 ޖުލައި 2023
ހޯދާ