ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިވެލޮޕަރ

މަޤާމް:       ޑިވެލޮޕަރ

ބޭނުންވާ ޢަދަދު:    01 (އެކެއް)

މުސާރަ:        -/35,000 ރުފިޔާ

މުއްދަތު:        1 (އެކެއް) އަހަރު

މަސައްކަތު ގަޑި:     ދުވާލަކު 07 ގަޑިއިރު (ގޭގައި މަސައްކަތްކުރާގޮތައް)

           އޮފީހުން ކަނޑައަޅާ ދުވަހެއްގައި 04 ގަޑިއިރު އޮފީހުގައި މަސައްކަތްކުރުން

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް އެޕްލިކޭޝަން އަދި މަފިނި ކޭސް މެނޭޖްމަންޓް ސިސްޓަމް ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން

 

ފެންވަރު ނުވަތަ ޝަރުޠު: 

(ހ) މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

(ށ)  NET. ނުވަތަ PHP ފަދަ ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރިވުން

(ނ)  JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން

(ރ)  MSSQL ނުވަތަ  MYSQLއަށް އަހުލުވެރިވުން

(ބ)  ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން

(ޅ)  MVC ފްރޭމްވޯރކަށް އަހުލުވެރިވުން

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 އޮގަސްޓު 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއޮފީހުގެ ކައުންޓަރުން ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 އިން 12:00 އަށެވެ.

2- މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ފޯމް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 އޮގަސްޓު – 31 އޮގަސްޓު 2023 އާ ދެމެދު މާލޭގައެވެ.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓް www.pgoffice.gov.mv  އިން ލިބެންހުންނާނެއެވެ.)

2- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

3- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

4- ވަނަވަރު

5- ދރއ. ކާޑުގެ ކޮޕީ

6- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

7- ވަނަވަރު

8- ދރއ. ކާޑުގެ ކޮޕީ

9- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

 

12 މުޙައްރަމް 1445

30 ޖުލައި 2023
ހޯދާ