މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް ފައިނޭންޝަލް އޮފިސަރ (ސީ.އެފް.އޯ)

މަޤާމު:

ޗީފް ފައިނޭންޝަލް އޮފިސަރ (ސީ.އެފް.އޯ)

މަޤާމުގެ ގިންތި:

ދާއިމީ   

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ، މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ

މުސާރަ:

މަސައްކަތުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާއަށް ރިއާޔަތްކޮށް ދެފަރާތުން އެއްބަސްވާ މުސާރައެއް

މަޤާމުގެ ޝަރުޠު:

  • މެންބަރ އޮފް އެސޯސިއޭޝަން އޮފް  ޗަރޓަރޑް ސަރޓިފައިޑް އެކައުންޓަންޓް (ACCA)، ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (CPA)، ނުވަތަ ޗަރޓަރޑް ޕަބްލިކް އެކައުންޓަންޓްސް (CPA)، ނުވަތަ ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (CIMA)، ނުވަތަ IFAC ސަރޓިފައިޑް ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރަކު ކަމުގައިވުން އަދި ފައިނޭންސް ދާއިރާއިން މަދުވެގެން 5 އަހަރު (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 4 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް) މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

ނުވަތަ

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9) ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން އަދި، ފައިނޭންސް ދާއިރާއިން މަދުވެގެން 7 އަހަރު (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް) މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

ނުވަތަ

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ޙާޞިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި، ފައިނޭންސް ދާއިރާއިން މަދުވެގެން 10 އަހަރު (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް) މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް / މަސްޢޫލިއްޔަތުތައް

  1. އެންމެ އެކަށީގެންވާ ކެޕިޓަލް އޮނިގަނޑެއް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކެޕިޓަލްގެ ޚަރަދާއި ފައިނޭންޝަލް ފްލެކްސިބިލިޓީ ދެމެހެއްޓުން.
  2. ކޯޕަރޭޝަނުގެ ސްޓްރެޓެޖިކް ޑައިރެކްޝަނަށް އެހީތެރިވެދޭ ފައިނޭންޝަލް ޕާފޯމަންސް މިންގަނޑުތަކާއި މޮނިޓަރިން ސިސްޓަމްތައް ޤާއިމްކުރުން
  3. ކޯޕަރޭޝަނުގެ ސްޓްރެޓެޖިކް ނިންމުންތަކަށާއި ހިންގަމުންދާ ޕްރޮޖެކްޓްތައް ރިވިއުކޮށް، ފައިނޭންޝަލް އެނަލިސިސްގެ ހުރިހާ ހަރަކާތެއް ބެލެހެއްޓުމާއި އިރުޝާދު ދިނުން.
  4. ކޯޕަރޭޝަންގެ ފައިނޭންޝަލް ލަނޑުދަނޑިތައް ކަނޑައެޅުމަށްޓަކައި ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނިންގ ޕްރޮސެސްގައި ޙަރަކާތްތެރިވުން.
  5. ކުރު އަދި ދިގު މުއްދަތުގެ ފައިނޭންޝަލް ޕްލޭންތަކާއި ލަނޑުދަނޑިތަކާއި މަޤްސަދުތައް އެކުލަވާލައި ތަންފީޒުކުރުން.
  6. ކޯޕަރޭޝަންގެ މާލީ މަޤްޞަދުތައް ޙާޞިލްކުރުމަށް ސްޓްރެޓެޖިކް އަދި އޮޕަރޭޝަނަލް ލީޑަރޝިޕް ފޯރުކޮށްދިނުން.
  7. ކޯޕަރޭޝަންގެ ސްޓްރެޓެޖިކް އަދި ބިޒްނަސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އަހަރީ ބަޖެޓާއި މާލީ އަންދާޒާތައް އެކުލަވާލުން.
  8. ކޯޕަރޭޝަންގެ މާލީހާލަތު ދެނެގަނެ މޮނިޓަރކުރަމުން ގެންދިއުމާއި، ރަނގަޅުކުރެވޭނެ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  9. ކޯޕަރޭޝަންގެ ޕްލޭންތަކާއި ލައިބިލިޓީސް ދެނެގަނެ ކޯޕަރޭޝަނުގެ ފައިނޭންޝަލް ރިސްކް މެނޭޖްކުރުން.

10. ކޯޕަރޭޝަންގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ އެސް.އޯ.ޕީ، ޕޮލިސީ އަދި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން.

11. އަހަރީ، ކުއާޓަރލީ އަދި މަހުންމަހައް ތައްޔާރުކުރަންޖެހޭ ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކޮށް ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުން.

12. މި ކޯޕަރޭޝަނުން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް ކުރިއަށްގެންދެވެނީ ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންކަން ޔަޤީންކޮށް ރިކޯޑްސް ބެލެހެއްޓުން.

13. މި ކޯޕަރޭޝަންގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ކުރިއަށް ގެންގޮސް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުމާއި މޮނިޓަރކުރުން

އިތުރު މަޢުލޫމާތު

  1. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި، ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު ޝައުޤުވެރިކަމާއެކު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށް އިސްކަންދެވޭނެއެވެ.
  2. އެޕްލިކޭޝަންތައް ދިރާސާކުރުމަށްފަހު، އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  3. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު، ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، މި ކޯޕަރޭޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  6. 03 މަސް ހަމަނުވާ ޕޮލިސް ކްލިއަރެންސް ރިޕޯޓް

ސުންގަޑި:

މަތީގައި ދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 07 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

30 ޖުލައި 2023
ހޯދާ