މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

ކޮންސަލްޓަންސީގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ކޮންސަލްޓެއް ބޭނުންވެއްޖެއެވެ.

މުސާރަ: 20,000 – 15,000  ރުފިޔާ

ނަން: ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1

މުއްދަތު : ތިން (3) މަސް ދުވަސް

  • ފޮރިން ސަރވިސްގެ މަޤާމުތަކާއި އޮނިގަނޑާއި ގްރޭޑިންގ ސިސްޓަމް ތައްޔާރުކުރުން.
  • މުވައްޒަފުންގެ ޕަރފޯމަންސް ބަލާނޭ ގައިޑްލައިނެއް ތައްޔާރުކޮށް މިކަމަށް ބޭނުންވާ ފޯމުތައް ފަރުމާކުރުން.
  • އަލަށް ތައްޔާރުކުރެވޭ ގްރޭޑިންގ ސިސްޓަމާއި ޕަރފޯމަންސް ބެލުމުގެ ނިޒާމާއިގުޅޭ ގޮތުން މުވައްޒަފުންނަށް ތަމްރީން ސެޝަންތަކެއް ހިންގައިދިނުން.
  • ފޮރިން ސަރވިސްގެ ޕްރޮފެޝަނަލް ގިންތީގެ މުވައްޒަފުންނަށް ތައްޔާރުކުރަންޖެހޭ ޓެސްޓު ތައްޔާރުކުރުމަށާއި މިކަމުގައި ޢަމަލުކުރާނެ އުސޫލްތައް އެކުލަވާލުމުގެ މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މިމަސައްކަތްތައް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމުގެ އިތުރުން؛

  1. މަޤާމުގެ މަސައްކަތާގުޅޭ (މެނޭޖްމެންޓް /އެޑްމިނިސްޓްރޭޝަން /ހިއުމަން ރިސޯސް) ފަދަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މިފަދަ މަސައްކަތެއްގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 25 ފެބްރުވަރީ 2015 ވާބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ، އަސްލާ އެއްގޮތްކަމަށް އެޓެސްޓް ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

12 ފެބުރުވަރީ 2015
ހޯދާ