މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ސަބްސްޓޭންޑަޑް (ތަޣައްޔަރު ވެފައިވާ) NATURCOLD SYRUP އާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                  

  މިނިސްޓްރީ އޮފް ހެލްތު                                                            

  މާލެ، ދިވެހިރާއްޖެ

                                                                (IUL)182-REG/23/2023/14 :ނަންބަރު

އެލާރޓް

ސަބްސްޓޭންޑަޑް (ތަޣައްޔަރު ވެފައިވާ) NATURCOLD SYRUP އާއި ގުޅޭ

                               

ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "diethylene glycol and ethylene glycol” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ، މީގެ ކުރިންވެސް މިއޮތޯރިޓީގެ ފަރާތުން  4 އެލާޓްއެއް ވަނީ ޕަބްލިޝް ކޮށްފައެވެ. އެއީ އެލާޓް ނަންބަރު   182-REG/CIR/2022/06އާއި 182-Enf/CIR/2022/09  އަދި (IUL)182-REG/23/2023/1  އެވެ.

 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެލާރޓް ނަންބަރު RPQ/REG/ISF/Alert N°5/2023 އިން ކުރެއްވި އިތުރު އެލާޓެއްގައި  FRAKEN INTERNATIONAL (ENGLAND)އިން އުފައްދާ ކެމަރޫންގައި ދައުރުވަމުންދާ  NATURCOLDގައިވެސް މަތީގައި ދެންނެވުނު މާއްދާ، ހުރި ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

 

މިއީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، މިއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.

30 ޖުލައި 2023
ހޯދާ