ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް  ހޯދުމާ ގުޅޭ:

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރަންހުރި ތިރީގައި ދަންނަވާފައިވާ މަރާމާތުގެ މަސައްކަތްތައް މިކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ސްޓޯރ ރޫމްގައި ޝެލްފްތަކެއް ޖަހައި ހަރުކޮށްދިނުން
  • މެޖިސްޓްރޭޓް ރޫމްގެ ފާޚާނާ ތައްޓާއި ޓޭންކް ބަހައްޓައިދިނުމާއި، ޗީފް އެޑްމިނިސްޓްރޭޓަރ ރޫމްގެ ފާޚާނާގެ ޓޭންކްގެ ފްލަޝިންގ ސިސްޓަމް ރަނގަޅުކޮށްދިނުން
  • ނެޓްވޯކް ސްވިޗް އަދި ރައުޓަރތައް ބަހައްޓާފައިހުރި ތަނުގައި ޕާޓިޝަނެއް ޖެހުން

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަސައްކަތާ ގުޅޭ މަޢުލޫމާތު މިކޯޓުގެ ނަންބަރު 6500143 އަށް ގުޅުއްވައިގެން ސާފްކުރެއްވުމަށްފަހު، މިމަސައްކަތާ ގުޅޭ އަގުބަލާ ފޯމް، ނުވަތަ ކޯޓޭޝަން، 2023 އޮގަސްޓް 07 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އަށް މިކޯޓަށް ޚާޟިރުވެ ހުށަހެޅުއްވުން އެދެމެވެ.  

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 މުޙައްރަމް 1445

30 ޖުލައި 2023
ހޯދާ