ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ދޫކުރުމަށް ކަނޑައަޅާފައިވާ 345 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ގޯތި ނަންބަރު ގުރުއަތު ނެގުމާއިގުޅޭ.

އިޢުލާން

ކުޑަހުވަދޫން ދޫކުރުމަށް ކަނޑައަޅާފައިވާ 345 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ގޯތި ނަންބަރު ގުރުއަތު ނެގުމާއިގުޅޭ:

 

ކުޑަހުވަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: D-381/IUL/2022/59   ( 30 އޮގަސްޓް 2022 ) ގެ އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭފަރާތްތަކުގެ މެދުގައި ގޯތީ ނަންބަރު ނެގުން، 2023 ޖުލައި

29 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ދ.އަތޮޅު ތައުލީމީ މަރުކަޒުގެ މާލިމީ މާލަމުގައި އޮންނާނެއެވެ. ގުރުއަތު ނެގޭނީ ތިރީގައި މިވާގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.

  • ގުރުއަތު ނަގާނީ ގޯޗަށް ފޯމް ހުށަހަޅާފައިވާ ތަރުތީބުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި
  • ގޯތި ލިބޭ ފަރާތް ނޫން ފަރާތެއް ގުރުއަތުލުމުގައި ބައިވެރިވާނަމަ، ގޯތި ލިބޭ ފަރާތް ތަމްސީލުކުރާކަން އަންގައިދޭ ސިޓީ ގެނައުން
  • ގުރުއަތު ނެގުމަށް ހާޟިރު ނުވާފަރާތްތަކުގެ ގޯތީގެ ގުރުއަތު ނަގާނީ ގޯތި ކޮމެޓީން

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

28 ޖުލައި 2023
ހޯދާ