މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރަން ފެއްޓުމާއިގުޅޭ

                ނ. ވެލިދޫގައި މުޅިން އަލަށް ތަޢާރަފުކުރެވޭ ޚިދުމަތެއްކަމުގައިވާ އެއްގަމު އުޅަނދުގެ ލައިސަންސް ނެގުމުގެ ޚިދުމަތް 25 ޖުލައި 2023 އިން ފެށިގެން ހުޅުވާލަމެވެ.

                ވީމާ 25 ޖުލައި 2023 އިން ފެށިގެން އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމާއި، ލައިސަންސް  އައު ކުރުމާއި، ގިންތި އިތުރުކުރުމުގެ ޚިދުމަތަށް މި ކައުންސިލަށް އެދުމަށް ސިމްސް ޕޯޓަލް:  sims.transport.gov.mv ބޭނުންކުރެއްވުން އެދެމެވެ. ސިމްސް ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އީފާސް ގައި ރަޖިސްޓްރީކުރެއްވުން އެދެމެވެ. އެއްގަމު އުޅަނދު ލައިސަންސް ދޫކުރާ އެގްޒަމިނަރ ފީ އަދި އަވަސް ޚިދުމަތުގެ އަގުގެ ގޮތުގައި ދެންނެވިފައިވާ އުޞޫލުން ފައިސާނެގޭނެއެވެ.

  • ސައިކަލު ދުއްވުމުގެ އެގްޒަމިނަރ ފީ : -/35 ތިރީސްފަސް ރުފިޔާ.
  • ކާރު އަދި ޕިކަޕް ދުއްވުމުގެ އެގްޒަމިނަރ ފީ : -/50 ފަންސާސް ރުފިޔާ
  • އަވަސް ޚިދުމަތުގެ އަގު : -/500 ސަތޭކަ ރުފިޔާ
25 ޖުލައި 2023
ހޯދާ