މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެމެންޑްމަންޓް 2 (އިތުރު މައުލޫމާތު އަދި މުއްދަތު އިތުރުކުރުން) - މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ އެޗް.ސީ.އައި ސޮލިއުޝަން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2023/142

އިއުލާން އެމެންޑްމަންޓް 2

"މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ބޭނުންވާ އެޗް.ސީ.އައި ސޮލިއުޝަން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން މޯލްޑިވްސް ޕޮލިޓެކްނިކް މާލެ ކެންޕަހަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެޗް.ސީ.އައި ސޮލިއުޝަން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް 06 ޖުލައި އަދި 20 ޖުލައި 2023 ގެ އި ކުރެވިފައިވާ ނަންބަރު(IUL)475/475/2023/126  އަދި (IUL)475/475/2023/137  އިއުލާނުތަކުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަންގެ މައުލޫމާތު އަދި އަންދާސީ ހިސާބު ހުށައެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މި އިޢުލާނާ އެކު ޓެކްނިކަލް ސްޕެސިފިކޭޝަނަށް އިތުރުވެފައިވާ މައުލޫމާތު އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ހިމެނިފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]

[email protected]            

ފޯން: 306982/3026975

25 ޖުލައި 2023
ހޯދާ