މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

ރުއްގަހުގެ ވެރިން ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: ME305/305/2015/4-ފIUL)305)ފ(12 ޖަނަވަރީ 2015) އިޢުލާނަށް އިޖާބަ ދެއްވާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ ތިރީގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ރ. މާކުރަތުން ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން 02 ވަނަ ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ސަރަޙައްދަކީ ރ. މާކުރަތު "ވިލް"، "ހިޔަ"، "އިރަމް" އެވެ ކިޔާ ގޯތި ހިމެނޭ ބްލޮކުގެ ދެކުނުން 22 ގޯއްޗެވެ.

ވީމާ، މިސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިޔަކު ވާނަމަ 19 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015
ހޯދާ