ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުރާކުނު ޔޫތް ޗެލެންޖް 2 ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 ޢިއުލާން

     ހއ.ތުރާކުނު ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި، ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި މި ކައުންސިލުން ބާއްވާ ތުރާކުނު ޔޫތް ޗެލެންޖް 2ވަނަ ފުޓްސަލް މުބާރާތް 20 އޮގަސްޓް 2023  ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

    މިމުބާރާތް ހުޅުވާލެވިފައިވަނީ މިރަށަށް ނިސްބަތްވާ ކުލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި، ސަރުކާރުގެ މުއައްސަސާތަކަށް އަދި ރަށުގެ ޢާއްމު ފަރުދެއް އިސްވެ ބައިވެރިވުމަށް އެދޭ ހއ.ތުރާކުނު ޓީމްތަކަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ފުރުވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ހުށަހެޅުމުގެ ސުން ގަޑިއަކީ 06 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހަޅަންޖެހޭ ސުންގަޑި އަކީ 15 އޮގަސްޓް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

    މުބާރާތުގެ ޤަވާއިދާއި، ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ހއ.ތުރާކުނު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

    އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7727547 މުޙައްމަދު އަޠީފް އަށް ގުޅުއްވުން އެދެމެވެ.

    ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުލައި 2023
ހޯދާ