ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބަޖެޓް އޮފިސަރ

މަގާމު:                  

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް: 

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރު އިނާޔަތްތައް:

ބަޖެޓް އޮފިސަރ، / JN-13

1 (އެކެއް)

ދާއިމީ

DMA4-1

ބަޖެޓް ޔުނިޓް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މަހަކު 7495.00 ރުފިޔާ

މަހަކު 2998.00 ރުފިޔާ

މަހަކު 3372.75 ރުފިޔާ

1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތަތް ކުރުން، އަދި އިމަރޖެންސީ އޮޕަރޭޝަންގެ ޑިއުޓީ އޮންކޯލް ހަފްތާގައި ފޯނުލޮގްކޮށް ބެލެހެއްޓުން.
  2. ބަޖެޓު ޔުނިޓުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. އޮފީސް ޖެމްސް އާއި މެއިލް ޗެކުކޮށް ޖަވާބުދާރީވުމާއި، އަދި ބަޖެޓް ޔުނިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުން ގެޒެޓްކުރާ ގަވާއިދުތަކާއި ސަރކިއުލަރ ފަދަ ލިޔެކިޔުންތައް ހޯދާ އެއާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުން.
  4. މި އޮތޯރިޓީއަށް ހުށަހެޅޭ ބިލްތައް ވެރިފައިކޮށް، ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުން
  5. މި އޮތޯރިޓީގެ މުވައްޒަފުންނަށް މަހުން މަހަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައިވާ މުއްދަތަށް ލިބިދިނުމުގެ ގޮތުން ބަޖެޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. މި އޮތޯރިޓީގެ ޔުޓިލިޓީ ބިލް (ކަރަންޓް، ފެން، ފޯނު، އިންޓަރނެޓް، މީޑިއާނެޓް) ތަކާއި އަހަރީ ފީ އަދި ސަބްސްކްރިޕްޝަން ދައްކަންޖެހޭ ޚިދުމަތްތަކަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މަސައްކަތްތައް ކުރުން.
  7. މި އޮތޯރިޓީއަށް ލިބޭ އާމްދަނީ އާއި އެހެނިހެން ހިލޭ އެހީތައް ސަރުކާރުގެ ގަވާއިދާއި އަދި މި އޮތޯރިޓީން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ބަލައިގަނެ، ޖަމާކުރަންޖެހޭ ފައިސާއެއް ނަމަ، ކަނޑައެޅިފައިވާ އެކައުންޓަށް ޖަމާކުރުން.
  8. ތިޖޫރީ ހިސާބު ދުވަހުން ދުވަހަށް ބާކީކޮށް ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޕެޓީކޭޝްގެ ރެކޯޑްސްތައް ބަލަހައްޓާ ޕެޓީކޭޝް އިން ޚަރަދު ކުރެވޭގޮތް ބަލަހައްޓާ ގަވާއިދުން ރިޕްލެނިޝް ކުރުމުގެ ކަންކަން ކުރުން
  9. އިމަރޖެންސީ ޕެޓީ ކޭޝް ފުރިހަމަ ޢަދަދުގެ %50 އަށް ވުރެ ދަށްވިޔަނުދީ ބެލެހެއްޓުން
  10. އޮތޯރިޓީގެ އަހަރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސީލިންގއަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  11. މި އޮތޯރިޓީގެ ޚަރަދު ރިޕޯޓްތަކާއި، ފައިނޭންޝަލް ސްޓޭޓްމަންޓްތައް އަދި މާލީ ބަޔާން ގަވާޢިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ އެންމެހާ ފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތަށް ފޮނުވުން.
  12. ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑުގެ ހިސާބުތައް ބަލަހައްޓާ ފަންޑްގެ ސްޓޭޓްމަންޓް އަހަރަކު އެއްފަހަރު ތައްޔާރުކޮށް ވެރިންނަށް ހިއްސާކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  13. މުވައްޒަފުން ރާއްޖޭން ބޭރަށާއި ރާއްޖޭގެ އަތޮޅުތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި ދޭންޖެހޭ ޕޮކެޓްމަނީ އާއި އެލަވަންސް ދިނުމުގެ ކަންކަން ހަމަޖެއްސުން އަދި މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލު ކުރެވޭ މަސައްކަތް ކުރުން.

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ   

(ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 
  2. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު %40
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު %20
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް 40%

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމުތަކަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 06 އޮގަސްޓު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  8-13 އޮގަސްޓު 2023 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

25 ޖުލައި 2023
ހޯދާ