ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސޯސިއޭޓް އޮފިސަރ، ޕްރޮކިއުމަންޓް

މަގާމު:                  

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް: 

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރު އިނާޔަތްތައް:

އެސޯސިއޭޓް އޮފިސަރ ޕްރޮކިއުމަންޓް  / JN-24

1 (އެކެއް)

ދާއިމީ

DMA3-1

ޕޮރޮކިއުމަންޓް ޔުނިޓް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މަހަކު 5665.00 ރުފިޔާ

މަހަކު 2266.00 ރުފިޔާ

މަހަކު 2549.25 ރުފިޔާ

1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތަތް ކުރުން.
  2. އިމަރޖެންސީ އޮޕަރޭޝަންގެ ޑިއުޓީ އޮންކޯލް ހަފްތާގައި ފޯނުލޮގްކޮށް ބެލެހެއްޓުން.
  3. ޕްރޮކިއުމަންޓު މަސައްކަތްތައް ކުރުމުގައި ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ގޮތާއި ހުއްދަ ދެވޭނޭ އަދަދާއި، ހުއްދަ ދެވޭނޭ ފަރާތްތައް ދެނެގަނެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިވެފައިވުން.  
  4. މި އޮތޯރިޓީއަށް ބޭނުންވާ ތަކެތި ހޯދުމުގައި މާލިއްޔަތުގެ ޤަވާޢިދާއި އުސޫލްތަކާ އެއްގޮތަށް ތަކެތި ހޯދުމާއި، ހޯދޭ ތަކެތި ޙަވާލުކުރަންޖެހޭ ފަރާތާއި ޙަވާލުކޮށް ލިޔެކިއުންތައް ބެލެހެއްޓުން.
  5. ޕްރޮކިއުމަންޓުން ތައްޔާރުކުރަންޖެހޭ ސިޓީ، ނޯޓް، ޕީއޯ، އިޢުލާންފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. މިއޮތޯރިޓީގެ ސްޓޮކަށް ބޭނުންވާ ތަކެތި މާލިއްޔަތުގެ ވަވާއިދާ އެއްގޮތަށް ހޯދުގެ މަސައްކަތްތައް ކުރުން.   
  7. މިއޮތޯރިޓީން ހިންގާ ޓްރޭނިންގ، ވޯރކްޝޮޕް، ސެމިނަރ ފަދަ ކަންކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތްތައް ކުރުން.
  8. މި މިއޮތޯރިޓީގެ މުވައްޒަފުން ރަސްމީކޮށް ކުރާ ދަތުރުތަކުގެ ޓިކެޓް ނެގުމުގެ މަސައްކަތްތައް ޤަވާޢިދުން ކުރުން.  
  9. މިއޮތޯރިޓީއަށް ހުށަހެޅޭ ބިލްތަކާއި އިންވޮއިސް ތަކުގެތެރެއިން ޕްރޮކިއުމަންޓާއި ޙަވާލުކުރާ ބިލްތަކަށް ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން އޮންނަ މުއްދަތަށް ކުރުމަށް ފައިނޭންސް ޔުނިޓާއި ޙަވާލުކުރުން.
  10. މިއޮތޯރިޓީން ނީލަންކިއުމަށް ހުންނަ މުދާ ނުވަތަ ނައްތާލުމަށް ހުންނަ މުދާ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރުން.
  11. އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތްތައް ކުރުން.
  12.  އެސްޓިމޭޓްތައް ބަލައިގަތުމުގެ މަސައްކަތްތައް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން
  13. މިއޮތޯރިޓީގެ އަހަރު ރިޕޯޓް، ބަޖެޓް އަދި ޔައުމިއްޔާ ތައްޔާރުކުރުމަށްޓަކައި ޕްރޮކިއުމަންޓުން ދޭންޖެހޭ މައުލޫމާތު ދިނުމުގެ މަސައްކަތްތައް ކުރުން.

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް، ސްޓޮކް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޖީ.ސީ.އީ. އެޑްވާންސް ލެވެލް 3 މާއްދާއިން ފާސްވެފައި ވުމާއެކު ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. 

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ     (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 
  7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު %40
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު %20
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %40

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމުތަކަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 06 އޮގަސްޓު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  8-13 އޮގަސްޓު 2023 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

25 ޖުލައި 2023
ހޯދާ