އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން)

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން)

އެއަރކަންޑިޝަނަރ ސަރވިސްކުރުން

  1. މި ސްކޫލުގައި ހަރުކޮށްފައިވާ 18000 ބީޓީޔޫގެ އިންވާޓަރ 7 (ހަތެއް) އެއަރކަންޑިޝަނަރ އަދި ހަރުކޮށްފައިވާ 9000 ބީޓީޔޫގެ އިންވާޓަރ 1 (އެކެއް) އެއަރކަންޑިޝަނަރ ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ‏2023‏ ޖުލައި‏ 25‏ ވާ އަންގާރަ‏ ދުވަހުގެ 14:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
  3. މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
  4. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2023‏ ޖުލައި‏ 25‏ ވާ އަންގާރަ‏ ދުވަހުގެ 13:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.
  5. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާނީ މަސައްކަތްކުރާ ފަރާތުންނެވެ.
24 ޖުލައި 2023
ހޯދާ