ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖައްސާފައިވާ އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތް

       
     
   
 

 

 

 

 

އިޢުލާން

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖައްސާފައިވާ އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތް

 

މިއިދާރާގެ ނަންބަރު: (IUL)370-ESMS SC/370/2023/24 ( 14 ޖޫން 2023 ) އިޢުލާނަށް އިޖާބަދީ މިއިދާރާއަށް ހުށައަޅާފައިވާ އަންދާޒީ ހިސާބުތަކުގެ އަގު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުކަމުން ދެންނެވުނު އިޢުލާނު ބާޠިލްކޮށް، އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް -/1000 ( އެއްހާސް ) ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. އަދި މިމަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީ ދައްކާކަށް ނުޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 25 ޖުލައި 2023 އިން 06 އޮގަސްޓް 2023 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 13:00 އަށް ފ.ފީއަލީ ކައުންސިލް އިދާރާއިންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
  5. މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 06 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  6. ބިޑް ހުޅުވުން އޮންނާނީ 13 އޯގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012،7970804

      އީމެއިލް: [email protected]

      ކޮޕީ: [email protected]

 

06 މުޙައްރަމް 1445 ހ.

24   ޖުލައި 2023 މ.

 

 

   މޫސާ އަހުމަދު

   ފީއަލީ ކައުންސިލްގެ ރައީސް

 

 

 

 

24 ޖުލައި 2023
ހޯދާ