މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

 

   މަޤާމް:                         މަސައްކަތު

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެސް.އެސް 1

   ކްލެސިފިކޭޝަން :              ސަޕޯޓް ސްޓާފް ގްރޭޑް 1 

   މުސާރަ :                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އެޑްމިނިސްޓްރޭޝަން ސަރވިސަސް ސެކްޝަން،  އޮޕްރޭޝަންސް އެންޑް ލޮޖިސްޓިކްސް މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

1. މިނިސްޓްރީގެ ބޭފުޅުން (މިނިސްޓަރ، މިނިސްޓަރ ގެ ނާއިބުން އަދި ޑެޕިޔުޓީ މިނިސްޓަރުން) ކުރައްވާ ރަސްމީ ދަތުރުފުޅު ތަކުގައި ގެންދަވަންޖެހޭ ލަޖޭގްތައް އެއަރޕޯޓަށް ގެންދިއުމާއި ގެނައުން.

2. މިނިސްޓްރީން އެއްތަނުން އަނެއްތަނަށް ބަދަލުކުރަންޖެހޭ މޭޒާއި ގޮނޑި ބަދަލު ކުރުން.

3. މިނިސްޓްރީ އިން ކާޕެޓްއަޅާފައިވާ ހުރިހާ ތަނެއްގައި ހޫވަރ އަޅާ ސާފުކުރުން.

4. މިނިސްޓްރީ އިން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ މެޝިނަރީފަދަ ތަކެތި ގެންދިއުން.

5. މިނިސްޓްރީގެ ފާޚާނަތަކުގެ އިސްކުރު ފެންކަރު މުސްލިމު ޝަވަރ ފަދަ އެއްޗަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެއެއްޗެއް ބަދަލުކުރުމުގެ މަސައްކަތް ކުރުން.

6. މިނިސްޓްރީ އަށް އަލަށް ގެނެވޭ މުވައްޒަފުންނަށް ޖާގަ ހަމަޖެއްސުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި (މޭޒާއި ގޮނޑި ހަމަޖައްސައި، ކޮމްޕިޔުޓަރ ސިސްޓަމް އަށް ކަރަންޓާއި ނެޓްވާކް ގުޅުން) އެހީތެރިވުން.

7. މިނިސްޓްރީގެ އެތެރެއަށް ގެނެވޭ ބަދަލުތަކުގައި ޕާޓްޝަންތައް ރޫޅައި އަލުން ޕާޓިޝަން ޖަހާ ވާޜކް ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކުރުން.

8. މުވައްޒަފުން ބޭނުން ކުރައްވާ މޭޒާއި ކަބަޑުތަކުގެ ތަޅު ބަދަލު ކުރުމާއި އަދި ބައެއް ދޮރުތަކުގެ ތަޅު ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި ތަޅު ބަދަލު ކުރުން.

9. ސްޓޮކަށް ބޭނުންވެގެން ގެނެވޭ ތަކެތި ސްޓޮކަށް ވައްދައި ހަރުގަނޑުތަކުގައި ބެހެއްޓުމާއި ސެކްޝަންތަކަށް ސްޓޮކުން ދޫކުރެވޭ އުފުލައިގެން ގެންދެވޭ ތަކެތި ގެންގޮސްދިނުން.

10. މިނިސްޓްރީއާއި މިނިސްޓްރީން ބޭރުގައި ހިންގާ މިނިސްޓްރީގެ ބައެއް އެހެން ސެކްޝަންތަކުގެ ހޮޅިބުރިތައް ބަދަލު ކުރަންޖެހިއްޖެ ޙަލަތެއްގައި ހޮޅިބުރިތައް ބަދަލުކުރުން.

11. މިނިސްޓްރީން ބޭނުންނުކުރެވޭ ތަކެތި ނީލަމަށް ފޮނުއްވުމަށް އަސަރީ ހިޔާ އަށް ގެންދިޔުން.

12. މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކަށް ބޯފެން ގެންގޮސްދިނުން.

13. މިނިސްޓްރީގެ ޙަވާލުގައިވާ ގުދަންތައް (އަސަރީ ހިޔާ، ފިލާ ބިލްޑިންގް 2 ގެ 7 ވަނަ ފަންގިފިލާ) ސާފުކޮށް ބެލެހެއްޓުން.

14. މިނިސްޓްރީގެ ފަރާތުން ބޭންކްތަކަށާއި އެނޫން ތަންތަނަށް ގެންދަން ޖެހޭ ޗެކްތައް ގެންގޮސް ޙަވާލުކުރުން.

ޝަރުތު: 

 

                                                    

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

 

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 23 ފެބްރުވަރީ –01 މާރޗް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ލިބިވަޑައިނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

 

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 ފެބްރުވަރީ 22 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

މި އިއުލާން 12 ފެބްރުވަރީ 2015 ގެ ގެޒެޓްގައި ޖައްސަވައި ދެއްވުން އެދެމެވެ.

 

12 ފެބުރުވަރީ 2015
ހޯދާ