އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސްޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ސްޕޯޓްސް ސްޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރަން ހަމަޖެހިފާވާ ތަން: އިސްކަންދަރު ސްކޫލް

ރަށް: ކ. މާލެ

މަޤާމުގެ ބާވަތް: ދާއިމީ   

ސެކްޝަން: އެކަޑަމިކް

ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސްޕޯޓްސް ސްޕަވައިޒަރ

GS3

އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

 

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

-/4465

 

-/1500

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ސްކޫލުގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުން.
  1. ދަރިވަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދަރިވަރުންނަށް ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، އަޚުލާޤީގޮތުން ރިވެތި ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތް ކުރުން.
  2. ދަރިވަރުންނަށް ނެގޭ ޕީ.އީ އެކްޓިވިޓީސް ކުރިއަށްގެންދިއުމާއި، ޕީ.އީ ގަޑިތަކުގައި ޓީޗަރުންނަށް އެހީތެރިވެދިނުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތެއްގައި ހަވާލުކުރާ ޕީ.އީ ގަޑިތައް ނެގުން.
  3. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމު ކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގައި، އެކަމަކާ ހަވާލުވެ ހުންނަ ފަރާތަކުން ބޭނުންވާ އެހީތެރިކަން ދިނުން.
  4. ކުޅިވަރު ހަރަކާތްތަކަށާއި، ޕީ.އީ އަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުމާއި، ހޯދަން ބޭނުންވާ ތަކެތި، ބަޖެޓު ސެކްޝަނާ ވާހަކަދައްކައިގެން ހޯދުން.
  5. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ހުރިހާ ރިކޯޑެއް ބެލެހެއްޓުން.
  6. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. އިންޓަރސްކޫލް ކުޅިވަރު މުބާރާތްތަކަށް ސްކޫލް ޓީމުތައް ތައްޔާރުކުރުން.
  8. އިންޓަރހައުސް / ކްލަބް ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމުތައް ރާވައި ހިންގުން.

އުޖޫރައާއި ޢިނާޔަތްތައް:

  - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ ޢުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މެރިޓް ޢުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް.
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި: 

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކުރެވިފައިވާ  ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

  • މި މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން އިސްކަންދަރު ސްކޫލަށް، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

  • އިންޓަވިއުކުރުން، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މި ސްކޫލުގެ މީޓިންގ ރޫމުގައެވެ.
  • މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ އަދަދު 10 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3323244 ނަންބަރު ފޯނާއެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ