ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

          މި ސްކޫލުގެ ދަރިވަރުންގެ ވޯކިން ޔުނީފޯމް ފަހައި  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިސްކޫލުގެ އިޢުލާން ނަންބަރ (IUL)GS208/2023/13 އަށް އެއްވެސްފަރާތަކުން އަންދާސީ ހިސާބް ހުށާއަޅާފައިނުވާތީ މިމަަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

          ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 03 އޮގަސްޓް 2023 ބުރާސްފަތި ދުވަހުގެ  09:00 ގެ ކުރިން ރަސްމީ ގަޑީގައި [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ   މިސްކޫލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޕްރީބިޑް މީޓިންގ

03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ        10:00

ހުވަދޫ ސްކޫލް އިދާރާ

ބީލަން ހުށަހެޅުން

08 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ         10:00

 

 

 

 

 

ނޯޓް: އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ފޮނުވާފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983085 ނަންބަރ ފޯނާއެވެ.  

24 ޖުލައި 2023
ހޯދާ