ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިޑިޕާޓްމަންޓުން 2015 ވަނަ އަހަރު އަތޮޅުތަކަށް ކުރަން ރާވާ ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2015 ޖަނަވަރީ 22 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/02) އިޢުލާނާ ގުޅިގެން ތިންފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

19 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015
ހޯދާ