ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދިނުމާއި ގުޅޭ

 

މި އިދާރާގެ ނަމްބަރ: (IUL)423/423/2023/19 (08 މާރިޗު 2023 )އިޢުލާން ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

މާތޮޑާއަވަށު ބައުއޮފީސް ހިންގި އިމާރާތުގެ ދެކުނުފަރާތުގައި އޮތް ހުސްބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޮގަސްޓް 2023މ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރ/ އީމެއިލް އެޑްރެސް) މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަންތައް ހުޅުވުން އޮންނާނީ 09 އޮގަސްޓް 2023މ ދުވަހުގެ 13:00ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " މާތޮޑާއަވަށު ބައުއޮފީސް ހިންގި އިމާރާތުގެ ދެކުނުފަރާތުގައި އޮތް ހުސްބިން ކުއްޔަށް ހިފުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

24 ޖުލައި 2023
ހޯދާ