ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭޤައުމީ މަރުކަޒު (މާލެ) ގައި 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭ

     ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) ގައި 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް އިއުލާން ކުރެވުނު ކޯސްތަކުގެ ތެރެއިން ޤިރާއަތު ލެވެލް 1،2،3  ގެ ކޯސްތަކުގައި އިތުރަށް ޖާގަ ހުރުމާއިއެކު، މި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:  

  1. ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:       

  1. ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  2 ސެމިސްޓަރ

 

 ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf  ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އައިޑީކާރޑްގެ ކޮޕީ އާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

24 ޖުލައި 2023
ހޯދާ