މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

          މިރަށު ގަބުރުސްތާނުު ނޮޅާ ސާފުކޮށްދޭނެ ފަރާތެއްބޭނުންވެއްޖެއެވެ.

          ވީމާ، ކޮންޓްރެކްޓް އުސޫލުން 2 އަހަރުގެ މުއްދަތަށް ކޮންމެ 3 މަހަކުން 1 ފަހަރު ގަބުރުސްތާނު ނޮޅާ ސާފުކުރުމަށް  ޝައުޤުވެރިވާ ފަރާތްތަކުން 1 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ  11.00އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

         މިކަމަށްއެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

       އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުރީގައި މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން އަގާއެކު ހުށަހަޅަންވާނެއެވެ. އަދި އެމަސައްކަތް ކޮށްދެވޭނެ މުއްދަތު ( ކިތައްއަހަރުކަން ) އަގުހުށަހަޅާ ލިއުމުގައި ބަޔާންކުރަންވާނެއެވެ. އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގު ބަލައެއްނުގަނެވޭނެއެވެ.

   ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް

  • ގަބުރުސްތާނުތެރެ ތަނބުރު ވެލާއެކު ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނު ގޯތި ތެރޭގައި ހުރި ހިޔާހެދޭ ގަސްތަކުގެ ތިރިވެފައިވާ އަފިތައް ކޮށާސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ހެދެމުންދާ  އިޕިލް އިޕިލްގަސްތައް ބުޑާއެކުނަގާ ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ގާޖަހާފައޮތް މަގު ރަނގަޅަށް ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުން.
  • ގަސްތަކުން އެޅިފައިއޮތް ފަތްތައް ނަގާ ސާފްކޮށްބެލެހެއްޓުން.
  • އަބަދުވެސް ޤަބުރުސްތާން ނޮޅާސާފްކުރެވިފައިއޮތުން.
  • ސާފްކޮށްބެލެހެއްޓުމުގައި ނެގޭހުރިހާކުންޏެއް އުކާލަންވާނީ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރަށެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

90%

v   ޚިދުމަތުގެ އަގަށްދޭ މާކްސް

v   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v   މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

v  މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)

v  މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v  މި ގޮތުން 3އަހަރު ނުވަތަ އެއަށްވުރެ އިތުރަށް ހުށަހަޅާ ތަޖުރިބާގެ މުއްދަތަށްވެސް ދެވޭނީ ހަމަ އެވެ.

(Submitted years of experience / Benchmark years) x Allocated Percentage

                        މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
23 ޖުލައި 2023
ހޯދާ