މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު އަޅާ ސަރަހައްދުގައި ހުރި ރުއްގަހާއި ތަކެތި ނެގުން

އިޢުލާން

ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުއަޅާ ސަރަހައްދުގައި ހުރި ރުއްގަހާއި ތަކެތި ނެގުން

މިރަށު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުއެޅުމަށް ނިންމާފައިވާ ސަރަހައްދުގައި ހުރި ރުއްގަހާއި އެހެނިހެން ތަކެތި ނަގައި، ބިން ސާފުކުރުމަށް ބޭނުންވެއެވެ.

އެހެންކަމުން، ތިރީގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަހާއި ދަރުތަކާއި އަދި އެހެނިހެންވެސް ތަކެތީގެ ވެރިފަރާތެއްވާނަމަ، 2023 ޖުލައި 31 ވާ ހޯމަ ދުވަހުގެ ކުރިން އެތަކެތި ނަންގަވައި ބިން ސާފުކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަގާ ދޫކޮށްލާފައި ހުންނަ ތަކެތި ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލްގެ ފަރާތުން ކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޛުލްޙިއްޖާ 1444

18   ޖުލައި  2023

18 ޖުލައި 2023
ހޯދާ