ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ކުދި އަދި މެދު ފަންތީގެ ގެސްޓްހައުސް އިމާރާތް ކުރުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ

ރަށުގައި ކުދި އަދި މެދު ފަންތީގެ ގެސްޓްހައުސް އިމާރާތް ކުރުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ:

 

މިރަށުގައި ޓްއަރިޒަމްގެ ހަރަކާތްތަށް ހިންގާ ފުޅާކުރުމަށް ރަށުގެ ހުޅަނގު ފަރާތުން ގެސްޓްހައުސް އިމާރާތް ކުރުމަށް 5000 (ފަސްހާސް އަކަފޫޓް) ގެ 4 ބިން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

 

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ބިންތަކުގެ ބޮޑުމިނާއި އަދަދު: 5000 (ފަސްހާސް އަކަފޫޓްގެ) 4 (ހަތަރެއް) ބިން

ކުއްޔަށް ދޫކުރެވޭ މުއްދަތު 35 އަހަރު

ބިޑްފޮތް ވިއްކުން ބިޑްފޮތް ވިއްކާނީ 31 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން 10 އޯގަސްޓް 2023 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ވަގުތު ތެރޭގައެވެ.

ބިޑްފޮތް ވިއްކާ އަގު: -/500 (ފައްސަތޭކަ ރުފިޔާ)

ބިޑް ސެކިއުރިޓީގެ އަދަދު: -/5000 (ފަސްހާސް ރުފިޔާ) މި ބިޑް ސެކިއުރިޓީ އަކީ ރާޢްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ގަބޫލުކުރާ ފައިނޭންޝިއަލް އިންސްޓިޓިއުޓްއަކުން ދޫކުރެވި، ބިޑް ހުޅުވާ ދުވަހުން ފެށިގެން 40 (ސާޅީސް) ދުވަހުގެ މުއްދަތަށް އޭގެ ސައްޙަކަން ދެމިއޮންނަ އެއްޗަކަށް ވާން ވާނެއެވެ.

އިސްކަން ދެވޭ ފަރާތް: ލ.ގަމުގެ ރައްވެހީން

ބިޑް ޑޮކިއުމެންޓަށް އިސްލާޙް

ގެނައުން: ބިޑް ޑޮކިއުމެންޓްއަށް އެއްވެސް ސަބަބަކާއިހުރެ އިސްލާޙެއް ގެންނަން 2023 އޯގަސްޓް 10 ވަނަ ދުވަހާއި ހަމަޔަށް ކައުންސިލުން ބޭނުންވެއްޖެނަމަ، އެބަދެއް ގެނައުމަށްފަހު ބިޑް ޑޮކިއުމެންޓް ގަނެފައިވާ ކޮންމެފަރާތަކަށް އެ ބަދަލެއް ވަކިން ފޮނުވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ / ލ.ގަން

ބިޑް ހުށަހަޅަންޖެހޭ ތާރީޙާއި

ގަޑި: 24 އޯގަސްޓް 2023 ވަނަ ދުވަހުގެ 13:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ލިޔުމުން [email protected] އަށް އީމެއިލް ކުރެއްވުން އެދެން

ބީލަމުގެ މައުލޫމާތު ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. " ރަށުގައި ކުދި އަދި މެދު ފަންތީގެ ގެސްޓްހައުސް އިމާރާތް ކުރުމަށް ބިމެއް ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް 10 އޯގަސްޓް 2023". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

23 ޖުލައި 2023

 

 

ޢަބްދުﷲ އާސިފް

ނައިބު ރައީސް

23 ޖުލައި 2023
ހޯދާ