ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރު މަރާމާތުކޮށްދިނުމުގެ މަސައްކަތް

މިކޯޓުގެ ކައުންޓަރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖުލައި 24 ވަނަ ދުވަހުން ފެށިގެން 2023 އޮގަސްޓު 03 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ކުންފުނި (ޕާރޓްނާޝިޕް) ތަކަށާއި، އިންވެސްޓްމަންޓްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

23 ޖުލައި 2023
ހޯދާ