ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރަރ - އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

މަޤާމް :ޕާރޓް ޓައިމް ލެކްޗަރަރ
ބޭނުންވާ އަދަދު :53

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ދާއިރާ:

1. Innovation and Entrepreneurship (MBA) -  Male’ Hithadhoo Campus, Thinadhoo Campus, Gan Campus

2. Marketing -  Male’, Hithadhoo Campus,Thinadhoo Campus,Gan Campus

3. Economics -  Male’, Hithadhoo Campus, Thinadhoo Campus, Gan Campus

4. Business/Entrepreneurship -Male’ Hithadhoo Campus, Thinadhoo Campus, Gan Campus

5. Taxation -Male’

6. Accounting and Finance - Male’, Hithadhoo Campus

7. Financial Auditing - Male’, Hithadhoo Campus

8. Financial Reporting - Male’

9. Islamic Finance - Male’, Hithadhoo Campus

10. Financial Management and Market Analysis - Male’, Hithadhoo Campus, Thinadhoo Campus

11. Management - Male’,Thinadhoo Campus, Hithadhoo Campus

12. Human Resource Management- Male’, Hithadhoo Campus,

13. Strategic Management- Male’, Hithadhoo Campus, Thinadhoo Campus

14. Project Management- Male’

15. Business Administration- Male’,Thinadhoo Campus,

16. Statistics- Male’,Thinadhoo Campus, Kulhudhuffushi Campus ,Hithadhoo Campus

17. Induction to Management (ACIT) - Male’,Thinadhoo Campus, Kulhudhuffushi Campus ,Hithadhoo Campus

18. MGT013 - Induction to Management (ACIT) - Male’,Thinadhoo Campus, Kulhudhuffushi Campus ,Hithadhoo Campus

19. MGT215 – Project Management (BIT) - Male’, Hithadhoo Campus

 

ޝަރުތުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ޢުޖޫރަ:

  • ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
  • ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
  • ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
  • ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކިޔަވާދިނުމާ ގުޅޭ މަސައްކަތް.
  • ޓައިމްޓޭބަލް ކުރެވިފައިވާ މިންވަރަށް ގަޑިތައް ނަގައިދިނުން.
  • ކްލާހުގެ ހާޒިރީ ބަރާބަރަށް ( ކޮންމެ ގަޑިއަކަށް) މާރކްކޮށް ލިޔުމާއެކު އެދުވަހެއްގެ ތާރިހު ޖަހާ ފުރިހަމަކުރުން.
  • މުޤައްރަރުގައި ކަނޑައަޅާފައިވާ ބައިތަށް ކޯސް ކޯޑިނޭޓަރުގެ މަޝްވަރާގެ މަތިން ކިޔަވައިދިނުން.

   2. ބްލެންޑެޑް މޯޑަށް ކުރިއަށް ގެންދާ ކޯސްތަކުގައި އޮންލައިން ސަޕޯރޓް ދިނުން.

  • ކޮންމެ ހަފްތާއަކު ދަރިވަރުން އޮންލައިންކޮށް ކުރާ މަސައްކަތްތައް، އޮންލައިން ޓިއުޓޯރިއަލްތަކަށް ލަސްވެގެން 1 ހަފްތާ (7 ދުވަސް) ތެރޭގައި ފީޑްބެކް ދިނުން.
  • ދަރިވަރުން މޫޑުލް ގައި ކުރާ މަސައްކަތްތައް ގަވާއިދުން މޮނީޓަރކުރުން.
  • ދަރިވަރުން މޫޑުލް އަށް އަޕްލޯރޑްކުރާ އެސައިންމަންޓަތައް މާކުކޮށް ފީޑްބެކް ދިނުން.

  3. އޮންލައިން ސިސްޓަމްތައް ބޭނުންކުރުން.

  • ދަރިވަރުންނަށް ފޭސްޓް ފޭސް އަދި ބްލެންޑެޑް ކުލާސްތަކުގައި ޤަވާއިދުން މޫޑުލް ބޭނުންކުރުން. އެގޮތުން ދަރިވަރުންނަށް ހަވާލުކުރެވޭ ޓިއުޓޯރިއަލް، ސަބްޖެކްޓް އައުޓްލައިން،އެސެސްމަންޓްގެ ތާވަލްތައް މޫޑުލް ޕޭޖުގައި ހިމަނާފައި ހުންނަވާނެއެވެ.
  • ހާޟިރީ ފައިލުގައި ދަރިވަރުންގެ ހާޟިރީ މާކުކުރުމުގެ އިތުރުން ސެލްފް ސަރވިސް ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ހާޟިރީ މާކުކުރުން.

   4. ފެންވަރު ވަޒަންކުރުން.

  • މުޤައްރަރުގައިވާ ގޮތުގެ މަތިން އިމްތިހާނު ކަރުދާސް ތައްޔާރުކުރުމާއި އިމްތިހާނު ކަރުދާސް އަދި އެސައިންމެންޓްތައް އެތަކެތި މާރކްކޮށް ކަނޑައެޅިފައިވާ ތާރީޚަށް ކޯސް ކޯޑިނޭޓަރަށް ހުށަހެޅުން. އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.
  • ކިޔަވައިދެއްވާ ދަރިވަރުންގެ ތެރެއިން ރީސިޓް އަދި ރީ އެގްޒާމް ހަދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

30 ޖުލައި 2023 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-PTL-01

 

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާއާއި ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 3 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
  • މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ.
  • ކުލާސްތައް އޮންނާނީ 2023 އަހަރުގެ އޮގަސްޓު މަހުން ފެށިގެން ނޮވެންބަރު މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345189 ނަންބަރު ފޯނަށެވެ.
23 ޖުލައި 2023
ހޯދާ