މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
މުވައްޒަފުންނަށް ޓެސްޓް ޕޭޕަރުތަކެއް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މުވައްޒަފުންނަށް ޓެސްޓް ޕޭޕަރުތަކެއް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL) 459-A/459/2015/3) ބާޠިލުކޮށް މިކަމަށް އަލުން އިޢުލާން ކުރަމެވެ.

މިމިނިސްޓްރީއަށް މުވައްޒަފުން ހޮވާއިރުގައި ހައްދަން ބޭނުންވާ އިމްތިޙާނުތަކަކާ ގުޅިގެން ތިރީގައި ދެންނެވިފައިވާ ޕޭޕަރުތައް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާން ނަންބަރު IUL)459-A/459/2015/3) ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ހަދަން ބޭނުންވާ ޕޭޕަރުތައް

  1. ކޭސް ވޯކަރުންގެ ޕްރޮސީޖަރ މެނުއަލްއާ ގުޅިގެން އިމްތިޙާން ޕޭޕަރ
  2. އެޕްޓިޓިއުޑް ޓެސްޓް ޕޭޕަރ
  3. ކޭސް ސްޓަޑީ ޕޭޕަރ

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 10:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ