ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ފޮޓޯކޮޕީ މެޝިންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކްރިމިނަލް ކޯޓުގައި ބޭނުންކުރާ ކެނޯން ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 145-P/2023/46 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 2023 ޖުލައި 30 ވަނަ ދުވަހުގެ 14:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2023 އޮގަސްޓް 9 ވަނަ ދުވަހުގެ 11:00 ގައި ކްރިމިނަލް ކޯޓުގައެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. މި އިޢުލާން މި ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.

23 ޖުލައި 2023
ހޯދާ